މިއަހަރުގެ ފުރަމަތ 7 މަސްދުވަހުގެ ތެރޭގައި މުދާ އެކްސްޕޯޓް ކުރި މިންވަރު 52 އިންސައްތަ އިތުރުވެފައިވާކަމަށް މޯސްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން ހާމަ ކޮސްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ 7 މަސްދުވަހު ދިވެހިރާއްޖެއިން 945 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ފުރަތަމަ 7 މަސްދުވަހު މި ޢަދަދުވަނީ 1.4 ބިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮސްފައެވެ. އެހެންކަމުން ފާއިތުވި އަހަރުގެ ފުރަތަމަ 7 މަސްދުވަހާ އަޅާބަލާއިރު ވަނީ 52 އިންސައްތަ އިތުރުވެފައެވެ.
މީގެ އިތުރުން މިދިޔަ ޖުލައިމަހު އެކްސްޕޓް ކުރި މިންވަރުވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއިން 65 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 210 މިލިޔަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ،.
ވޭތުވެދިޔަ 7 މަސްދުވަހުގެެތެރޭގައިވެސް ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި އަދި ފިނިކުރި ކަނޑުމަހާއި، މަހުން އުފައްދާފައިވާ ތަފާތު ތަފާތު ބާވަތް ތަކެވެ. އަދި މި ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެެވެ. އެގޮތުން ތައިލެންޑަށް 809.44 މިލިޔަން ރުފިޔާގެ މަހުގެ ބާވަތްތައް އެކްސްޕޯޓް ކޮސްފައިވާއިރު ދެވަނައަށް އެންމެ ގިނައިން އެ ބާވަތްތައް އެކްސްޕޯޓް ކޮސްފައިވަނީ އިނގިރޭސިވިލާތަށެވެ. އެގޮތުން އިނގިރޭސިވިލާތައް 252.46 މިލިޔަން ރުފިޔާގެ މަހުގެ ބާވަތްތައް އެކްސްޕޯޓް ކޮށްްފައިވެއެވެ.