ނަމާދުގައި ސޫރަތުލް ފާތިޙާގެ ކުރިން އެހެން ސޫރަތެއް ކިޔެވިއްޖެނަމަ ނަމާދު ޞައްޙަވާނެތޯ؟

ފާތިޙާ ސޫރަތުގެ ކުރިން އެހެން ސޫރަތެއް ކިޔަވައިފިމީހާގެ ނަމާދު، އޭނާ އޭގެ ފަހުގައި ފާތިޙާ ސޫރަތް ކިޔެވިނަމަ ޞައްޙަވާނެއެވެ. އެކަމަކު އޭނާ ކަންތައް އެކުރީ ޝަރްޢުގައި އެކަން ކުރަން އޮންނަ ގޮތަކަށް ނޫނެވެ. އަދި އެކަން އެގޮތަށް ކުރާމީހާ އެކުރީ ކުށެކެވެ. ވާޖިބުވެގެންވަނީ އެންމެ ފުރަތަމަ ފާތިޙާ ސޫރަތް ކިޔެވުމެވެ. އޭގެ ފަހުގައި އޭނާއަށް ކުޅަދާނަވީ މިންވަރެއް ކީރިތި ޤުރްއާނުން ކިޔެވުމެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((صَـلُّـوا كَـمَـا رَأَيْـتُـمُـونِـي أُصَـلِّـي)) {رواه البخاري 631} “ތިމަންކަލޭގެފާނު ނަމާދުކުރަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ.”

އެކަލޭފާނު ނަމާދު ކުރެއްވި އިރު، ނަމާދުގައި އެންމެ ފުރަތަމަ (ކީރިތި ޤުރްއާނުން) ކިޔަވާކަމުގައިވީ ފާތިޙާ ސޫރަތެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެހާ ގިނަ ނަމާދު ކުރެއްވި އިރުވެސް އެއްވެސް ނަމާދެއްގައި މި ތަރުތީބާ ޚިލާފުވެވަޑައިނުގަންނަވައެވެ. ވާޖިބުވެގެންވަނީ އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމެވެ.
ވަﷲ އަޢުލަމް.

މަރްޖިޢު
https://islamqa.info/ar/answers/5451

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *