Young boy brushing teeth, Italy. (Photo by: Godong/UIG via Getty Images)
Young boy brushing teeth, Italy. (Photo by: Godong/UIG via Getty Images)

ދަތް އުނގުޅުން ސުންނަތްކަން ގަދަވެގެންވާ ވަގުތުތައް

ވުޟޫ ކުރަންފަށާއިރުގައްޔާއި ނިދީން ހޭލާ ހިނދުގައްޔާއި އަނގައިގެ ވަސް ތަޣައްޔަރުވާ ހިނދުގައްޔާއި ޤުރުއާން ކިޔަވަން ފެށުމުގެ ކުރިންނާއި ނަމާދުކުރަން ފެށުމުގެ ކުރީން، ހަމައެފަދައިން ގެއަށް ވަންނަ އިރަކީވެސް ދަތްއުނގުޅުން ސުންނަތްކަން ގަދަވެގެންވާ ވަޤުތުތަކެވެ. އެއީ މި ޙަދީޘުގެ ސަބަބުންނެވެ.

عَنِ الْمِقْدَامِ بْنِ شُرَيْحٍ، عَنْ أَبِيهِ، قَالَ سَأَلْتُ عَائِشَةَ قُلْتُ بِأَىِّ شَىْءٍ كَانَ يَبْدَأُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ بَيْتَهُ قَالَتْ بِالسِّوَاكِ‏.‏ [أخرجه مسلم برقم (253)] “ގެއަށް ވެދެވަޑައިގެން އެންމެ ފުރަތަމަ ނަބިއްޔާ ޞައްލﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ކަމަކީ ކޮބައިތޯ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ތިމަންކަލޭގެފާނު ސުވާލު ދެންނެވީމެވެ. ވިދާޅުވިއެވެ. ދަތް އުނގުޅުއްވުމެވެ.”

އަދި ވާހަކަ ނުދައްކާ ގިނައިރުވާ ވަޤުތާއި ދަތް ރީނދޫވާ ވަޤުތު (ދަތްހަޑިވާ ވަޤުތު) ވެސް ދަތް އުނގުޅުން ސުންނަތްކަން ގަދަވެގެންވެއެވެ. كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا قَامَ مِنَ اللَّيلِ يَشُوصُ فَاهُ بِالسِّوَاكِ . [ متفق عليه- رواه البخاري في كتاب الوضوء باب السواك برقم (245)، ومسلم في كتاب الطهارة باب السواك برقم (255).(1/13)]
މާނަ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަހައްޖުދު ނަމާދު ކުރައްވާނަމަ އެކަލޭގެފާނު ސިވާކުން ދަތް އުނގުޅުއްވަތެވެ.”
އަޅުކަންކުރާ އިރުގަޔާއި ﷲ އާ ކުއްތަންވާހިނދު މުސްލިމު މީހާއަށް އަމުރުވެރިވެގެން ވަނީ ސާފުކަމާއި ރީތިކަމުގެ ގޮތުން ވީހާވެސް ރަނގަޅު ޙާލަތެއްގައި އޭނާ ހުރުމެވެ.

ތިންވަނައީ: ދަތް އުނގުޅާނީ ކޮން އެއްޗަކުން؟
ބޭނުންކުރުމުން ހަލާކުނުވާ ތެތް ދަނޑިކޮޅަކުން ދަތް އުނގުޅުން ސުންނަތްވެގެންވެއެވެ. އަދި އެއީ އަނގަ ޒަހަމުވާ އެއްޗަކަށް ވެގެންނުވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަތް އުނގުޅުއްވީ އަރާކު ދަނޑި ބޭނުންކުރައްވައިގެންނެވެ. ކަނާއަތުން ނުވަތަ ވާއަތުންވެސް ދަތް އުނގުޅިދާނެއެވެ. މިއީ ތަނަވަސް ވެގެންވާ ކަމެކެވެ. ވުޟޫ ކުރާ އިރު އަތުގައި ދަތްއުނގުޅާނޭ ދަނޑިކޮޅެއް ނެތްނަމަ، އަތުގެ އިނގިލިތަކުން ދަތް ސާފުކޮށްލުމުންވެސް ފުދޭނެއެވެ. އެއީ ޢަލީ ބިން އަބީ ޠާލިބް ރަޟިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރެއްވި ގޮތް ޞިފަކޮށްދެއްވި ޙަދީޘްގައި ވާ ފަދައިންނެވެ. [أخرجه أحمد في المسند (1/ 158)، وصححه ابن حجر في التلخيص الحبير (1/ 70).]
*********************
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *