އެއްވުމުގައި ކުއްކުރާ ގްރޫޕްތައް ބޭނުންކޮށްގެން މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތުވަނީ ލިބިފައި: ފުލުހުން

3 އޮކްޓޯބަރުގައި އިދިކޮޅު އެމްޑީޕީން މާލޭގައި ބާއްވަން ތައްޔާރުވަމުންދާ އެއްވުމުގައި ކުއްކުރާ ގްރޫޕްތައް ބޭނުންކޮށްގެން މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ދިވެހި ފުލުހުނ ބުނެފި އެވެ.

ފުލުހުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސިގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހަމަތައް 1/2013 "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނު" އަށް ގެނެވިފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ގާނޫނުގެ ދަށުން އެއްވެ އުޅުމުގެ ހައްގިތައް ބޭނުންކުރުމުގައި ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، ނަމަވެސް ފުލުހުން ހުއްދަދީފައިވާ ރޫޓާ ހިލާފަށް އޮކްޓޯބަރ 3 ގެ ހިނގާލުން ކުރިއަށްގެންދިއުމަށާއި، އެކި ބައިބަޔަށް ބެހި ކުއްކުރާ ގްރޫޕްތައް މަގުމައްޗަށްނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައި ކަމަށެވެ.

އެހެންކަމުން ސުލްހަވެރި ހަރަކާތުގެ ނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނާ ހިލާފަށް އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުން ގޮވާލާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *