އޮމަދޫގެ ބައެއްގެ ގޮތުގައި ތިން ފަޅު ހިމަނަން ނިންމައިފި

އދ.އޮމަދޫގެ ބައެއްގެ ގޮތުގައި ތިން ފަޅު ހިމަނައްވައިދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިއަދު ނެރުއްވި ރިޔާސީ ގަރާރު ނަންބަރު  26/2025 ވަނަ ގަރާރުގެ ދަށުން އޮމަދޫގެ އިހުތިސާދުގައި ހިމެނުއްވި ތިން ފަޅަކީ، ކުޑަދޫފަޅާއި، ، ކޯޑު ނަންބަރު RF1329 ފަޅާއި އަދި ކޯޑު ނަންބަރު RF1330 ފަޅެވެ.

މި ތިން ފަޅު އޮމަދޫގެ އިހުތިސާދުގައި ހިމެނުއްވުމަށް ރައީސް ނިންމެވީ ފަތުރުވެރިކަން ހިމެނޭ ގޮތަށް އޮމަދޫ ރައްޔިތުންނަށް މަންފާވާނެ އިގުތިސާދީ ތަރައްގީގެ މަސައްކަތްތައް ކުރުމުގައި އެ ފަޅުތަކުގެ ބޭނުން ހިފުމަށް ފުރުސަތު ދެއްވުމަށެވެ.

އެގޮތުން އެ ގަރާރުގެ ދަށުން 2010/7، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ، ރައީސްގެ ގަރާރު ނަންބަރު 2025/2އަށް ވަނީ އިސްލާހު ގެނެސްފައެވެ.

އަދި އެ ގަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަޕްޑޭޓްކޮށްފައެވެ.

އޮމަދޫގެ ބައެއްގެ ގޮތުން އެ ތިންފަޅު އިތުރުކުރެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *