ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޓެކްސް އެޕީލް ޓްރައިބިއުލަށް ދެ މެންބަރުން ޢައްޔަންކުރައްވައިފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސް ޑރ މުއިއްޒު އިއްޔެ އައްޔަނުކުރައްވާފައިވަނީ ބ. ތުޅާދޫ. ގުލްބަހާރުގޭ އިބްރާހީމް ޢަފީފް އާއި ދ. މީދޫ އަކިރިވިލާ ޝަވްފާ އިބްރާހިމް އެވެ. ޝަވްފާ އިބްރާހިމް އައްޔަނުކުރައްވާފައިވަނީ އެ ޓްރައިބިއުނަލްގައި ޤާނޫނީ ދާއިރާ ތަމްޞީލް ކުރައްވާ މެންބަރުގެ ގޮތުގައެވެ.