ށ.ފޭދުއަށް ކޮށްދެއްވުމަށް ވައުދުވި ހުރިހާ ކަންކަން ކުރު މުއްދަތެއްގެ ތެރޭގައި ނިންމަވާދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ށ.ފޭދުއަށް ކޮށްދެއްވުމަށް ވައުދުވި ހުރިހާ ކަންކަން ކުރު މުއްދަތެއްގެ ތެރޭގައި ނިންމަވާދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފޭދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފޭދޫގައި ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ އެ ރަށު ސްކޫލްގެ މަސައްކަތް ކަމަށާއި، އެގޮތުން ކުރު މުއްދަތެއްގެ ތެރޭގައިސްކޫލުގެ ކްލާސްރޫމުތަކާއި މަލްޓިޕާޕޯސް ހޯލު ނިންމުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑު އުންމީދެއްކަމަށެވެ.

މީގެ އިތުރުން އިތުރުން އެ ރަށު ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ލިބޭތަނަކަށް ބަދަލުކުރައްވައި، ނަރުހުންނާއި ޑޮކްޓަރުންގެ އިތުރުން ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިތުރަށް ރައީސް ވިދާޅުވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެކަން ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންވި ގޮތަށް ކަންކަން ނިމިގެންދާތަން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *