ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވާނެކަމަށް ލަފާކޮށް ގއ އަތޮޅާއި ގދ އަތޮޅަށް ރީނދޫ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ޔެލޯ އެލާޓް ގައިވަނީ މިއަދުގެ ހެނދުނު 14:30 އިން ފެށިގެން މިރޭ 07:00 ގެ ނިއަލަށް ގއ އަތޮޅާއި ގދ އަތޮޅަށް ގަޑިއަކު 49 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ. އަދި އެ ވަގުތުތަކުގައި ބޯކޮށްވާރޭވެހޭނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިކުރާ ވިއްސާރައަކީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ކުރަމުންދާ ވިއްސާރަ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.