ށ.ގައްލައިދޫ ކޮމްނަޑުއަށް ދީފީ

ށ.ގައްލައިދޫ އެއަތޮޅު ކޮމަންޑުއާ ހަވާލުކޮށްފި އެވެ.

ށ. ކޮމަންޑޫ ކައުންސިލާ އެ އަތޮޅު ގައްލައިދޫ ރަސްމީކޮށް ހަވާލުކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ށ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅައި ކޮމަންޑޫއަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔތުގެ ތެރެއިންނެވެ. އެ ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލް އާއި ގައްލައިދޫ ރަސްމީކޮށް ހަވާލުކޮށްދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފެވެ. ކޮމަންޑޫ ކައުންސިލްގެ ފަރާތުން އެރަށާ ހަވާލުވެލެއްވީ ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން އެވެ.

ރަށްރަށުގެ ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމަށްޓަކައި ކޮންމެ ރަށަކަށް އެރަށަކާއި ކައިރިން ފަޅުރަށެއް ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ. އެއަށްފަހު ސަރުކާރުން ގެންދަވީ އެގޮތުގެ މަތިން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ކައުންސިލްތަކާއި ފަޅުރައްތައް ހަވާލުކުރަމުންނެވެ.

މީގެ އިތުރުން ކޮމްނަޜޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ކޮމަންޑޫ ކުރިއަރުވަންޖެހޭ ކަމަށާއި، އަދި ށ އަތޮޅަކީ ޓޫރިޒަމް އެހާބޮޑަށް ފުޅާވެފައި ނެތް އަތޮޅަކަށްވާތީ އިންވެސްޓަރުން ޝައުގުވެރިވާގޮތަށް ލުއިތައް ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި ށ. އަތޮޅުގައި މިހާރު އޮތް ށ ފުނަދޫ އެއާޕޯޓުގެ އިތުރުން މަސައްކަތް ފަށާފައި އޮތް ތިން އެއާޕޯޓު ކަމަށްވާ، ބިލެތްފަހި އެއާޕޯޓާއި، ކޮމަންޑޫއެއާޕޯޓާ، މިލަންދޫ އެއާޕޯޓާ އެކު ޓޫރިޒަމް ސިނާއަތު އެ އަތޮޅުގައި ކުރިއަރައިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *