2026 ވަނަ އަހަރު ބާއްވާ ދުނިޔޭގެ ފްޓްބޯޅަ މުބާރާތް (ވޯލްޑްކަޕަށް) އިނގިރޭސިވިލާތް ކޮލިފައިވެއްޖެ އެވެ.
މިފަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި ޔޫރަޕުން ކޮލިފައިވި ފުރަތަމަ ގައުމުގެ ގޮތުގައި އިނގިރޭސިވިލާތް ވޯލްޑްކަޕް 2026 އިން ޖާގަ ކަށަވަރުކުރީ ރޭ ލެތްވިއާ އާއި ބައްދަލުކުރި މެޗް 5-0 އިން ބަލިކޮށްގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑްގެ ފުރަތަމަ ގޯލު ޖަހައިދިނީ އެންތޮނީ ގޯޑޮން އެވެ. ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ލަޓްވިއާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ގޯލެއް ވަން އިރު، ފަހު ހާފު ގައި ހެރީ ކޭން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައިދީފަ އެވެ. އަދި މެޗް ނިމެން ކައިރިވެފައިވަނިކޮށް މެޗުގެ ފަހު ލަނޑު އިނގިރޭސިންނަށް ކާމިޔާބުކޮށްދިނީ އެބެރޭޗީ އެޒީ އެވެ.