ބޭރު ގައުމުތަކަށް ވިއްކާ ތަކެތީގެ ފައިސާ ޕޭޕަލް މެދުވެރިކޮށް ރާއްޖެ ގެނައުމުގެ ލައިސަންސް އުރީދޫ ފިންޓެކަށް ދީފީ

ބޭރު ގައުމުތަކަށް ނުވަތަ ބޭރުގެ ފަރާތްތަކަށް ވިއްކާ ތަކެތީގެ ނުވަތަ ޙިދުމަތުގެ އަގު ނުވަތަ ފައިސާ ޕޭޕަލް މެދުވެރިކޮށް ރާއްޖެ ގެނައުމުގެ ލައިސަންސް އުރީދޫ ފިންޓެކަށް ދީފީ އެވެ.

އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބޭރު ގައުމުތަކަށް ރާއްޖެއިން ވިއްކާ ތަކެއްޗާއި ހިދުމަތުގެ ގޮތުގައި ދައްކާ ފައިސާ ނުވަތަ އަގު ޕޭޕަލް މެދުވެރިކޮށް ރާއްޖެ ގެނައުމަށްޓަކައި ނަގަން ޖެހޭ އިންވާޑް ރެމިޓެންސް ލައިސަންސް އުރީދޫ ފިންޓެކާ ޙަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. އުރީދޫ ފިންޓެކްގެ ފަރާތުން އެ ލައިސަންސް އާއި ހަވާލުވެލެއްވީ އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެމްބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމަދީ އެވެ.

އެ ލައިސަންސް ހަވާލުކުރުމަށް އެމްއެމްއޭ ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ބުނީ ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް ހަރުދަނާ ކުރުމަށްޓަކައި ތަޢާރަފްކޮށްފައިވާ އެމް-ފައިސާގެ ޙިދުމަތަށް މިއަދު ލިބިގެންދިޔަ ލައިސަންސްގެ ސަބަބުން އިތުރަށް ފުރިހަމަވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *