ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ކ އަތޮޅުން ފެށިގެ އައްޑޫސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓް ގައިވަނީ މިއަދުގެ ހެނދުނު 07:30 އިން ފެށިގެން މެންދުރު 13:30 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
ރާއްޖެއަށް މިކުރާ ވިއްސާރައަކީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ކުރަމުންދާ ވިއްސާރަ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.