އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓް ތަރައްގީކުރުމާއި ފޮނަދޫގެ ބިންހިއްކުން އެމްއޭސީއެލް އާއި ހަވާލުކޮށްފި

އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓް ތަރައްގީކުރުމާއި ފޮނަދޫގެ ބިންހިއްކުން މޯލްޑިވްސް އެއާޕޯރޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ހަވާލުކޮށްފި އެވެ.

ންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓް ތަރައްގީކުރުމަށް އެމްއޭސީއެލް އާއި ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ހައްދުންމަތީގެ މީހުންދިރިއުޅޭ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ފޮނަދުއަށް ވަޑައިގެން ރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގައި ސޮއިކުރައްވައިފަ އެވެ. އޭގެ ތެރޭގައި ކައްދޫ އެއާޕޯޓު، އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އޮޕަރޭޓް ކުރުމާއި ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން މަޝްރޫއު ހިމެނެއެވެ. އެ މަޝްރޫއުތައް ހިންގުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ މޫސާ ޒަމީރު އެވެ.  އެމްއޭސީއެލްގެ ފަރާތުން އެ އްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައްދޫ އެއާޕޯޓު ތަރައްގީ ކުރަނީ 2،800 މީޓަރުގެ ދިގު ރަންވޭއަކާއެކު ކަމަށާއި، އެ މަސައްކަތްތައް ކުރަނީ ކައްދޫ ސިފައިންގެ މަރުކަޒު، އެހެން ތަނަކަށް ބަދަލުކުރަން ނުޖެހޭ ގޮތަކަށް ކަމަށެވެ. އެގޮތުން މި މަޝްރޫއުތަކުގައި އެއާޕޯޓު މަޝްރޫއު އަށް ބޭނުންވާ 114 ހެކްޓަރުގެ ބިން އަދި ފޮނަދޫގެ ބޭނުމަށް 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށްވެސް ރައީސް ޑރ މުއިއްޒު ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *