ހއ އަތޮޅުން ފެށިގެ ބ އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފި

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެ ބ އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓް ގައިވަނީ މިއަދުގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު 16:00 އާއި ހަމައަށް ކހއ އަތޮޅުން ފެށިގެ ބ އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

ރާއްޖެއަށް މިކުރާ ވިއްސާރައަކީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ކުރަމުންދާ ވިއްސާރަ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *