ހައްދުންމަތީ ފޮނަދޫގައި ޤާއިމްކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވައިފި އެވެ.
ފޮނަދޫގައި ޤާއިމްކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރައީސުލްޖުމްހޫރިއްޔާ ލ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ މުއިއްޒު ފޮނުދުއަށް ވަޑައިގެން މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި އެ ސެންޓަރުގެ މަސައްކަތް ފައްޓަވާދެއްވީ ފިނޭންސް މިނިސްޓަރ ވަޒީރު މޫސާ ޒަމީރު އާއި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަްދުﷲ އާއި، ފުނަދޫ ކައުންސިލްގެ ރައީސްއެވެ.
ފޮނަދޫގައި ޤާއިމްކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.