1000 ރުފިޔަގެ ތެލެސީމިއާ އެލަވަންސެއް އަންނަ އަހަރު ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދުޔ މިުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް ޑރ މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ގަމަށް ވަޑައިގެން ރޭ އެރަށުގެ ރަތްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ތެލަސީމިއާ ކުދިންނަށް ޚާއްސަކޮށްގެން އަލައް އެލަވަންސްއެއް ދިނުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.
އިތުރު ތަފްސީލް ދއްވަމުން ރައީސް ވިދާޅުވީ ތެލަސީމިއާ އެލަވަންސްގެ ގޮތުގައި އަންނަ އަހަރު ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ ރޭޓުން އެލަވަންސެއް ދިނުމަށް ނިންމަވާފައިވާކަމަށާއި، އެގޮތުން އެކަން ކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިޔަން ރުފިޔާ ހިމެނުމަށް ނިންމާފައިވާކަމަށެވެ.