އެއާޕޯޓްސް ކޮމްޕެނީގެ ބޯޑަށް ޑީއެމްޑީމުޖްތަބާ ލަތީފް، އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ބޯޑުގެ ނޮން-އެގްޒެކްޓިވް މެންބަރުކަމަށް ފާތިމަތު ޣާޒިޔާ ފަތުޙީ އައްޔަނުކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ން ބުނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ އެގްޒެކްޓިވް މެމްބަރުގެ މަޤާމަށް ގއ. ދާންދޫ، މުޝްތަރީގޭ މުޖްތަބާ ލަތީފް އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެމްބަރުގެ މަޤާމަށް ސ. ފޭދޫ، އާބާދީގޭ ފާތިމަތު ޣާޒިޔާ ފަތުޙީ އައްޔަނުކޮށްފައިވާ ކަމަށެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ބޯޑަށް އައްޔަންކުރެއްވި ފާތިމަތު ޣާޒިޔާ ފަތުޙީ އަކީ މިހާރުވެސް ފައިނޭސް މިނިސްޓްރީގައި މަސައްކަތްކުރައްވާ މުވައްޒަފެކެކެވެ. އަދި އެމްއޭސީއެލް ބޯޑުގެ އެގްޒެކްޓިވް މެމްބަރުގެ މަޤާމަށް އައްޔަންކުރެއްވި މުޖްތަބާ ލަތީފް މިވަގުތު ހުންނެވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުގައެވެ.