ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވާނެކަމަށް ލަފާކޮށް ބ އަތޮޅުން ފެށިގެން އިން ތ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ދެމެދަށް ރީނދޫ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ނެރެފައިވާ ޔެލޯ އެލާޓް ގައިވަނީ ފަތިހު 5:30 އިން ފެށިގެން ހެނދުނު 9:30 ގެ ނިއަލަށް ބ. އަތޮޅުން ފެށިގެން ތ އަތޮޅާހަމައަށް ބޯކޮށް ވާރޭވެހި ވައިބާރުވާނެ ކަމަށް ލަފާކޮސްފައެވެ. އެ ގޮތުން މެޓް އޮފީހުން ނެރެފައިވާ ރީނދޫ އެލާޓްގައި ބުނެފައިވަނީ އެ ވަގުތު ތަކުގައި ބޯކޮށް ވާރޭވެހި ގަިއަކު 25 މޭލާއި 30 މޭލާ ދެމެދުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ބާރުވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މި ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.