އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ފެނޭތޯބެލުމަށް ނަގާ ހިޔާލުހޯދުމުގެ ވޯޓުލުން ފަށައިފި އެވެ.
މިއަދު 8 ޖެހިއިރު ފެށި މި ވޯޓަކީ އައްޑޫ ސިޓީގެ ފޭދޫ އާއި، ހުޅުދޫ އާއި މީދޫގައި ސިޓީ ކައުންސިލުން ވަކިވެފައިވާ ކައުންސިލްތަކެއް ހެދުމަށް ފެނޭތޯ އެހުމަށް، އެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި ނަގާ ވޯޓެކެވެ. މިއަދުނަގާ ވޯޓުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ފޭދޫން 4،355 މީހުން، ހުޅުދޫން 2،874 މީހުން، މީދޫ އިން 2،347 މީހުންނެވެ.
މީގެ އިތުރުން މިއަދުގެ ހަވީރު 16:00 އާއި ހަމައަށް ކުރިއަށްގެންދާ މި ވޯޓުގައި ހުޅުދުއާއި މީދޫގައި ކޮންމެ ރަށެއްގައި ތިން ފޮށި ބަހައްޓާއިރު، ފޭދޫގައި ވޯޓުލުމަށް ފަސް ފޮށި ބަހައްޓާފައިވެއެވެ. އަދި މާލޭގައި ދިރިއުޅޭ، އެ ރަށްރަށުގެ ފަރާތްތަކަށް 7 ފޮށި، މާލޭގެ ކަލާފާނު ސްކޫލުގައި ބަހައްޓާފައި ވެއެވެ.
advertisment
advertisment