އައްޑޫ ސިޓީއާއި ވަކިވާން ނިންމި ހުޅުދޫ އާއި މީދޫ ގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.
މިރޭ 20:30 ގައި ހުޅުމީދޫ މެދު ބަނދަރު ސަރަހައްދުގައި ބާއްވާ ހަވާއެރުވުން އިންތިޒާމް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙްމާން އެވެ.
އައްޑޫ ސިޓީ އާއި ވަކިވުމާ ގުލޭގޮތުން ގޮތެއް ކަނޑައެޅުމަށް ބޭއްވި ވޯޓުގައި ހުޅުދޫގެ 37 ޕަސެންޓު މީހުން ވޯޓުލާފައިވާއިރު، މީދޫން ވޯޓުލާފައިވަނީ 43 ޕަސެންޓު މީހުންނެވެ. ހުޅުދޫން ވޯޓު ލީމީހުންގެ ތެރެއން އައްޑޫ ސިޓީއާއި ވަކިވާން ފެންނަ ކަމަށް 723 މީހަކު ވޯޓު ދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ 329 މީހުންނެވެ.
އަދި އައްޑޫ ކައުންސިލުން ވަކިވާން މީދޫގެ 847 މީހަކު ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 144 މީހުންނެވެ.
advertisment
advertisment