ފުވައްމުލަކު ސިޓީގައި ސްކޭޓް ޕާކަކާއި 16 ކުލާސްރޫމާއި މަގުގެހުދުމުގެ ފޭސް-3 މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
އެ މަސައްކަތްތައް އެމްޓީސީސީ އާއި ހަވާލުކުރުން އޮތީ ރައީސް ޑރ މުއިއްޒު ފޯއްމުލަކު ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ސްޕޯޓުސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރ ރަފީއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ސައުދީ އެވެ.
މީގެ އިތުރުން އެ ސިޓީގައި އިސްލާމީ މަރުކަޒަކާއި ސިޓީ ހޮޓަލެއް ހިމެނޭގޮތަށް ޏ.ފުވައްމުލަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޢުމްރާނީ ތަރައްޤީގެ 10 މަޝްރޫޢެއްގެ މަސައްކަތް އެކި ކުންފުނިތަކާ ވަނީ ޙަވާލުކޮށްފަ އެވެ.
އެގޮތުން ފުވައްމަލު ސިޓީގައި އިސްލާމިކް ސެންޓަރެއް ޤާއިމްކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ޙަވާލުކޮށްފައެވެ. އަދި ފުވައްމުލަކު ސިޓީގައި އިންޓަގްރޭޓެޑް އީކޯ ޓޫރިޒަމް މަޝްރޫއާއި، ސިޓީ ހޮޓަލެއް ޤާއިމްކުރުމަށް އެމްއޭސީއެލްއާ ޙަވާލުކޮށްފައެވެ.
މީގެ އިތުރުން ފުވައްމުލަކު ސިޓީގައި ބިނާކުރާ ޔޫތް ތަރޑް ސްޕޭސް ތަރައްޤީކުރުމަށް ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، ފުވައްމުލަކުގައި އައު ބަނަދަރެއް ތަރައްޤީކުރުމަށް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާވަނީ ޙަވާލުކޮށްފައެވެ.
އަދި ފުވައްމުލަކު ސިޓީގައި 75 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ގްލަޓް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރަތްކުރުމާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބެވެ. އަދި ގަލްޓް އިންވެސްޓްމަންޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން ނާފިޢު އަބްދުއްރަހީމެވެ.
advertisment
advertisment