2018 ގައި އެމެރިކާ ރައްޔިތަކަށްވި މުސްލިމެއް ކަމަށްވާ މޮހްރާން މަމްދާނީ ނިވްޔޯކުގެ މޭޔަރު އިންތިހާބު ކާމިޔާބުކޮށްފި އެވެ.
ޔޫގަންޑާ އަށް އުފަން މަމްދާނީ އެމެރިކާ ރައްޔިތަކަށް ވުމަށްފަހު ހައުސިންގް ކައުންސެލަރެއްގެ ގޮތުގައި އަދި ހިޕްހޮޕް އާޓިސްޓެއްގެ ގޮތުގައި ވަނީ މަސައްކަތް ކުރުމަށްފަހު ނިއު ޔޯކް ސިޓީގެ ސިޔާސީ މައިދާނުގައި ޚާދިރް އަލް ޔަތީމް އާއި ރޮސް ބަރްކާންގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ.
އެއަށްފަހު އޭނާ ވަނީ 2020 ވަނަ އަހަރާއި 2022 ވަނަ އަހަރާއި 2024 ވަނަ އަހަރު ނިއު ޔޯކް ސްޓޭޓް އެސެމްބްލީ އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ.
މަމްދާނީ އުފަންވީ ޔޫގެންޑާގެ ކަމްޕާލާގައެވެ. އުމުރުން 5 އަހަރުގައި އޭނާގެ އާއިލާ ދެކުނު އެފްރިކާއަށް ބަދަލުވެ، އޭގެ 2 އަހަރު ފަހުން އެމެރިކާގެ ނިއު ޔޯކް ސިޓީއަށް ބަދަލުވިއެވެ. ބްރޮންކްސް ހައި ސްކޫލް އޮފް ސައިންސް އިން ގްރެޖުއޭޓް ވުމަށް ފަހު 2014 ވަނަ އަހަރު މެއިންގެ ބޯޑޯއިން ކޮލެޖުން އެފްރިކާނާ ސްޓަޑީޒްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރެއްވި އެވެ.
ނިވްޔޯކް މޭޔަރ އިންތިހާބު މަމްދާނީ ކާމިޔާބު ކޮށްފައިވަނީ 8 ކެނޑިޑޭޓުންނާ ވާދަކޮށް 50 އިންސައްތައަށްވުރެ މަތިން ވޯޓު ހޯދައިގެންނެވެ. އެމެރިކާގެ ސަރުކާރު ހިންގާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓަށް ލިބިފައިވަނީ ވޯޓުގެ އެންމެ 7 އިންސައްތަ އެވެ.
މި އިންތިހާބުގައި މަމްދާނީ ހޮވައިފިނަމަ ނިވްޔޯކް ސިޓީގެ ބަޖެޓް ކުޑަކިުރާނެކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
advertisment
advertisment