އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 2.7 ބިލިއަން ރުފިޔާގެ ފޮރިޖެކްޓް ތަކުގެ ތެރެއިން ބިލިއަނެއްހާ ރުފިޔާ ހަރަދުކުރަނީ ބޯހިޔާވަކިކަމުގެ މަޝްރޫއު ތަކަށް

އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 2.7 ބިލިއަން ރުފިޔާގެ ފޮރިޖެކްޓް ތަކިުގެ ތެރެއިން ބިލިއަނެއްހާ ރުފިޔާ ހަރަދުކުރަނީ ބޯހިޔާވަކިކަމުގެ މަޝްރޫއު ތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އަމިއަލް ކުންފުނިތަކާ މިއަދު ހަވާލުކުރި 2.7 ބިލިއަން ރުފިޔާގެ 206 ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރެއިން ތެރެއިން 997.38 މިލިއަން ރުފިޔާ އަކީ ބޯހިޔާވަހިކަމުގެ 13 މަޝްރޫއުގެ ފައިސާ ކަމަށެވެ.

ރާއްޖޜގެ 123 ރަށެއްގައި ހިންގުމަށް ހަވާލުކުރި ޖުމްލަ 2.7 ބިލިއަން ރުފިޔާގެ 206 މަޝްރޫއުގެ ތެރޭގައި ހިމެނެނީ :

  • ބޯހިޔާވަހިކަމުގެ 13 މަޝްރޫއު: 997.38 މިލިއަން ރުފިޔާ
  • ސްކޫލްތައް އެއާކޯން ކުރުމުގެ 26 މަޝްރޫއު: 397.25 މިލިއަން ރުފިޔާ
  • ސިއްހީ ދާއިރާގެ 30 މަޝްރޫއު: 312.21 މިލިއަން ރުފިޔާ
  • ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ގާއިމްކުރުމުގެ 24 މަޝްރޫއު: 204.27 މިލިއަން ރުފިޔާ
  • ކުޅިވަރު އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގެ 52 މަޝްރޫއު: 197.30 މިލިއަން ރުފިޔާ\
  • މަސް ޕްރޮސެސްކުރާ ކާރުހާނާ ގާއިމްކުރުމުގެ ދެ މަޝްރޫއު: 131.87 މިލިއަން ރުފިޔާ
  • ފުލުހުންގެ ހިދުމަތާ ގުޅޭ 39 މަޝްރޫއު: 114.99 މިލިއަން ރުފިޔާ.
  • މިސްކިތްތަކާއި ގުރުއާން މަރުކަޒުތަކާއި ވަގުފުބިނާތަކުގެ 14 މަޝްރޫއު: 196.43 މިލިއަން ރުފިޔާ
  • ދަނާލާއި ޔުނިވާސިޓީ ކެމްޕަސްތަކުގެ ފަސް މަޝްރޫއު: 114.52 މިލިއަން ރުފިޔާ
  • ޒުވާނުންނާ ގުޅޭ މަޝްރޫއު: 40 މިލިއަން ރުފިޔާ
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *