އައްޑޫން އަތުލާގަތް ޑްރަގް ނެޓްވޯކުގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި

އައްޑޫން އަތުލާގަތް ޑްރަގް ނެޓްވޯކުގައި ހިމެނޭ މީހޫންގެ ވަނަވަރު އާންމުކޮށްފި އެވ.

ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" އޮޕަރޭޝަންގައި އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތައް މި މަހުގެ 3 ވަނަ ދުވަހުގެރޭ 5 މީހެއްހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީސ.

  1. ސ. ހިތަދޫ، ކޮންމުލި، އުމުރުން 30 އަހަރުގެ ޢަލީ ނަދީމް
  2. ސ. ހިތަދޫ، ފަލާޙް، އުމުރުން 31 އަހަރުގެ ހާފިޡު ފައުޒީ
  3. ސ. ހިތަދޫ، ވެޔޮފެހެބުރުގެ، އުމުރުން 43 އަހަރުގެ އިބްރާހީމް ސިރާޖު
  4. ސ. ހިތަދޫ، ދޮރުފޮތިމާގެ، އުމުރުން 28 އަހަރުގެ ޙަސަން ޢަލްފާފް
  5. ސ. ހިތަދޫ، ކެކުރިމާގެ، އުމުރުން 23 އަހަރުގެ އަމީން މުޙައްމަދު

ފުލުހުން ބުނީ މި ނެޓްވޯކުން ހިންގާ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ކަންކަމަށް މި އަހަރު މާރޗް މަހުން ފެށިގެން ފުލުހުން ފާރަލަމުން އަންނަ ކަމަށާއި، އެގޮތުން ބެލިބެލުމުން މި ނެޓްވޯކުން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ފުލުހުންނަށްވަނީ ހޯދިފައިވާކަމަށާއި އަދި މިދިޔަ 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ނެޓްވޯކުގެ އިސް 4 މީހުން ހައްޔަރުކޮސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހަށް އަދި ޙަސަން އަލްފާފް އާއި އަމީން މުޙައްމަދު 5 ދުވަހަށް ބަންދު އަމުރު ވަނީ ޖަހައިދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *