Ad

އިންގްލިޝް ޕްރިމިއަރ ލީގް: ޗެމްޕިއަން ލިވަޕޫލާއި ވާދަވެރި ސިޓީގެ ކުރިމަތިލުން ވީ އެއްވަރު!

އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ވާދަވެރި މެންޗެސްޓަރ ސިޓީގެ ކުރިމަތިލުން 1-1 އެއްވަރު ވެއްޖެއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗްގައި ދެ ޓީމުންވެސް ގޯލް ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ގޯލް މެޗްގެ 13 ވަނަ މިނެޓްގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަލާހެވެ. މި ޕެނަލްޓީއަކީ ލިވަޕޫލްގެ ސަޑިއޯ މާނޭއަށް ސިޓީގެ ޑިފެންޑަރު ކައިލް ވޯކަރ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ސިޓީއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 31 ވަނަ މިނެޓުގައި ގެބްރިއެލް ޖީސަސްއެވެ. މެޗްގެ ފުރަތަމަ ހާފުގެ ފަހު ކޮޅު ސީޓީއަށް ޕެނަލްޓީއެއް ލިބި ބޭކާރު ވިއެވެ. މިއީ ލިވަޕޫލްގެ ޑިފެންޑަރު ގޮމޭޒްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. ސިޓީގެ އެންމެ އިތުބާރު ކުޅުންތެރިޔާ ކެވިން ޑިބްރެއިނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މިމެޗްގެ ދެވަނަ ހާފުގައި ލިވަޕޫލްގެ މުހިންމު ކުޅުންތެރިއެއްކަމަށްވާ އާނޯލްޑަށް އަނިޔާވެ، އޭނާ ވަނީ ބަދަލުކޮށްފައެވެ. މިއަނިޔާއާއި ގުޅިގެން ކުރިއަށްއޮތް ބައިނަލްއަޤްވާމީ މެޗްތައް އާނޯލްޑަށް ގެއްލޭނެއެވެ. އާނޯލްޑަކީ އިނގެރޭސި ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *