Ad
އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝާހިދުއާ ބައްދަލުކުރެއްވުން. ފޮޓޯ: ފޮރިން މިނިސްޓްރީ
އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝާހިދުއާ ބައްދަލުކުރެއްވުން. ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާގެ ފޮރިން ސެކްރެޓަރީ ފޮރިން މިނިސްޓަރ ޝާހިދުއާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އަބްދުﷲ ޝާހިދުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިއަދު އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް އެކުވެރި ގުޅުމާ ބެހޭގޮތުން މިނިސްޓަރ ޝާހިދުއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ މަޝްވަރާކުރެއްވިއެވެ.

އަދި ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އިންޑިއާއިން ވަރަށް އަވަހަށް ފޯރުކޮށްދެއްވާފައިވާތީ، އެކަމަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދުގެ ދަޢުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރިންގްލާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *