Ad
އެކުވެނި ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފެށުން. ފޮޓޯ: ޔޫތު މިނިސްޓްރީ
އެކުވެނި ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފެށުން. ފޮޓޯ: ޔޫތު މިނިސްޓްރީ

އެކުވެނި ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް އިންޑިއާގެ ފޮރިން ސެކްރެޓަރީ ފައްޓަވައިދެއްވައިފި

މާލޭ އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސިންތެޓިކް އެޅުމުގެ މަސައްކަތް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

މިރޭ އެކުވެނި ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ، އެކުވެނި ޓްރެކާއި ގުޅޭގޮތުންނާއި އެތަން ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭ  ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ. 1996 ވަނަ އަހަރު ޤާއިމްކުރި ޓްރެކް އަލުން މަރާމާތުކޮށް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ، މިއަހަރުގެ ތެރޭގައެވެ.

އެގޮތުން އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ ކުރިން ޤާއިމްކުރަންޖެހޭ ސަބް ބޭސްގެ މަސައްކަތް ކޮށްފައިވަނީ، އާރުކޭއެލް ގްރޫޕްގެ ފަރާތުންނެވެ. އެ ކުންފުނިން ސަބް ބޭސްގެ މަސައްކަތް ޖުލައި 26 ވަނަ ދުވަހު ފަށާފައިވާއިރު، މިހާރު އެ މަސައްކަތްވަނީ އެއްކޮށް ނިންމާލާފައެވެ.

އަދި ޓްރެކްގައި ސިންތެޓިކް އެޅުމަށް ހަވާލުކޮށްފައިވަނީ، ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން (ޕޮލްވެކް) އާއެވެ. މި މަސައްކަތް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލުމަށް ކުރިން ރޭވި ނަމަވެސް ދިމާވި ބައެއް ސަބަބުތަކާއި ގުޅިގެން މިހާރު އަމާޒުކޮށްފައިވަނީ މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމާލުމަށް ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ ސަންޖޭ ސުދީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *