Ad
ކަރެކްޝަންގެ އީ.- ސާރވިސް ޕޯޓަލް ތަޢާރަފްކުރުން. ފޮޓޯ: ކަރެކްޝަން
ކަރެކްޝަންގެ އީ.- ސާރވިސް ޕޯޓަލް ތަޢާރަފްކުރުން. ފޮޓޯ: ކަރެކްޝަން

ކަރެކްޝަންގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ އީ-ސަރވިސް ޕޯޓަލް ތައާރަފްކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ  އެސޯސިއޭޓެޑް ޓޯޓަލް އޮފެންޑަރ މެނޭޖްމަންޓް ސަރވިސް, އީ-ސަރވިސް ޕޯޓަލްގެ ޓަރައިލް ވަރޝަން ތައާރަފްކޮށްފިއެވެ.

މިއަދު އެމްސީއެސް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕޯޓަލް ތައާރަފްކޮށްދެއްވީ, މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވީ، ޖަލުން ބޭރުގައިވާ އާއިލާއާއެކު ގާތްގުޅުމެއް ބޭއްވުމަކީ ޤައިދީން ރީހެބިލިޓޭޓްކުރުމަށް ކުރާ މަސައްކަތަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މީގެ ކުރީގައި ޤައިދީންނަށް އަތޮޅުތެރޭގައި ތިއްބަވާ އާއިލާތަކަށް ބައްދަލުވުންތަކަށް މާލޭގައި ހުރި ފަރާތެއްގެ އެހީތެރިކަމާނުލައި ރިކުއެސްޓްކުރަން ދަތިވި ނަމަވެސް، މި ޚިދުމަތް މެދުވެރިކޮށް އެފަރާތްތަކަށް އޮންލައިންކޮށް ކޮންމެ ތާކު ތިއްބަވައިގެންވެސް ރިކުއެސްޓް ކުރެވިދާނެކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، އީ-ސަރވިސް ޕޯޓަލް ތައާރަފްކުރުމުން އާންމުންނަށް އެމްސީއެސްގެ ޚިދުމަތްތައް ހޯދުމަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން މުވައްޒަފުންގެ މަސައްކަތް މިހާރަށްވުރެ އެފިޝަންޓްވެ، މަސައްކަތް އަވަސްވެގެންދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ކަރެންޝަންގެ އީ-ސަރވިސް ޕޯޓަލް ތަޢާރަފްކުރުން

މި ޕޯޓަލް މިއަދު ޓްރައިލްގެ ގޮތުގައި ތައާރަފްކުރިއިރު، އާންމުންގެ ބޭނުމަށް ހުޅުވާލާނީ މިމަހުގެ 20 ގައި ކަމަށް ކަރެކްޝަންއިން މައުލޫމާތުދެއެވެ.

އެޓަމްސް އީ-ސަރވިސް ޕޯޓަލްއަކީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އާންމު ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލްއެކެވެ.

މި ޕޯރޓަލް ފަރުމާކޮށްފައިވަނީ ދެ ބަޔަކަށެވެ. އެއީ އާންމު ރައްޔިތުންނަށް ޚިދުމަތްތަކަށް އެދުމަށް ހުޅުވާލާފައިވާ ޕަބްލިކް ޕޯރޓަލްއަކާއި، އެމްސީއެސްގެ މުވައްޒަފުންގެ ބޭނުންތަކަށް ތައްޔާރުކޮށްފައިވާ އެޑްމިން ޕޯޓަލްއެކެވެ.

ކަރެންޝަންއިން ބުނީ، ޕަބްލިކް ޕޯޓަލްއިން ޚިދުމަތްތަކަށް އެދުމުން އެޑްމިން ޕޯޓަލް މެދުވެރިކޮށް އޮފިސަރުންނަށާއި، މުވައްޒަފުންނަށް ކުރިއަށްވުރެ އަވަސް މުއްދަތެއްގައި ރިކުއެސްޓްތައް ޕްރޮސެސްކޮށް ހަމަޖެހިގެންދާނެ ކަމަށެވެ.

އެޓަމްސް އީ-ސަރވިސް ޕޯޓަލް މެދުވެރިކޮށް އެމްސީއެސްގެ އިސްވެރިންނާއި، އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދު މީހުންނާ ބައްދަލުކުރުމަށް އޮންލައިންކޮށް އެދެވޭނެއެވެ. ޤައިދީންނާއި ބަންދު މީހުންނާ ބައްދަލުވުމަށް އެދެވޭނީ އެފަރާތްތަކުގެ ޤާނޫނީ ވަކީލުންނަށާއި އާއިލާގެ ފަރާތުން ކަމަށްވެސް ކަރެކްޝަންއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *