Ad

2021 ވަނަ އަހަރު ވާނީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް: ފިނޭންސް މިނިސްޓަރު

ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ

2021 ވަނަ އަހަރު ވާނީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ 2021 ވަނަ އަހަރަށް ލަފާކުރެވޭ ދަޢުލަތުގެ ބަޖެޓް ހުށައަޅުއްވަމުން ރައްޔިތުންގެ މަޖިލީޙުގައި ވާހަކަ ދައްކަވަމުން ނެވެ. މިނިސްޓަރު ވިދާޅުވީ 2021 ވަނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާކަމެށެވެ. މިއަހަރަށް ހުށަހެޅި ބަޖެޓަށްވުރެ އަންނަ އަހަރަށް މި ހުށައެޅި ބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން 2021 ވަނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިންކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަކަމަށް މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ.

"2021 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލެވިފައިވަނީ މި ދެންނެވިހެން އިޤްތިސާދު އަލުން އާރާސްތުކުރުމުގެ ތަސައްވުރަކާއެކު. އިޤްތިސާދުގެ ވިލުންވެރިކަން އިތުރުކޮށް ސިންދަފާތުކުރުމުގެ ޕްލޭންތަކާއެކު. އަދި ހަމައެއާއެކު، މި ވަގުތަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ސަރުކާރުން ސަޕޯޓް ކޮށްދޭންވީ ވަގުތު. އިޤްތިސާދީ ހަރަކާތްތައް އަލުން އަނބުރާ އެންމެ މަތީ ގިޔަރަށް ދީލާލުމަށް ކުރަން ޖެހޭ ކަންކަމަށް މި ބަޖެޓުން ޖާގަ ދީފައިވާނެ". މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

2021 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ).

މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *