އީފާސް ބޭނުންކޮށްގެން ކެންޑިޑޭޓުންގެ ކަންކަން ކުރިއަށް ގެންދާ މައްސަލާގައި އިލެކްޝަނާ ދެކޮޅަށް ޕީއެންއެފް އިން ދައުވާކޮށްފި އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންނަށް ހަމައެކަނި އީފާސް މެދުވެރިކޮށް ފޯމު ހުށަހަޅާ ގޮތަށް ހަމަޖައްސާފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެކަމަކީ އެ ކޮމިޝަނަށް ގާނޫނީ ގޮތުން ލިބިދީފައިވާ ބާރެއް ނޫން ކަމަށެވެ.
އެކަމުގެ ތަފްސީލް ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ޝަރުއީ ކޯޓުތަކުގައި ވެސް ހެކި ނުވަތަ ލިޔެކިޔުން ބަލައިގަންނަނީ އޭގެ އަސްލު ހުށަހަޅާ ނަމަ އެހެންކަމުން ކަމަށާއި ކަރުދާހުން ކުރާ މުއާމަލާތް އެއްކޮށް ހުއްޓައިލުމުގެ ބާރު އިސީ އަށް ލިބިގެން ނުވާ ކަމަށެވެ.
އަދި އިލެކްޝަންސް ކޮމިޝަނުން އެކުރާ ކަމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށާއި އެފަދަ ކަންކަން އެ ކޮމިޝަނުން ކުރަނީ ރައީސް ޑރ. މުއިއްޒު ކޮމިޝަންގެ ކަންކަމުގެ ތެރެއަށް ވަދެގެން ނުފޫޒު ފޯރުވައިގެން ކަމަށެވެ.