ހުޅުމާލޭގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފްރަންޓް އޮފީހެއް ހުޅުވައިފި ހުޅުވައިފި އެވެ.
ހުޅުމާލޭ ފޭސް 1 ގައި ހުންނަ ހުޅުމާލެ ޖަލު ސަރަހައްދުގައި ހުންނަ މި އޮފީ ހުޅުވައިދެއްވީ ހޯމް މިނިސްޓަރ އަލީ އިޙްސާން އެވެ.
މި އޮފީ ހުޅުވައިދެއްވުމަށްފަހު މިނިސްޓަރ އިހްސާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި އޮފީހުގެ ސަބަބުން ޖަލުގަައި ތިބޭ ގައިދީންނާ އެފަރާތްތަކުގެ އާއިލާތަކަށް ކަރެކްޝަނަލް ސާވިސް އިން ފޯރުކޮށްދޭންޖެހޭ ޙިދުމަތްތަށް ހޯދުމުގައި ވަރަށްބޮދު ފަސޭހައެއް ލިބިގެންދާނެ ކަމަށާއި އަދި ގައިދުވެފައިވާ ފަރާތްތަކާއި، އިދާރީ ގޮތުން ބާއްވަންޖެހޭ ގުޅުން އަދި ކަންކަމުގައި އިދާރާގެ ފަރާތުން ހޯދަންޖެހޭ ޚިދުމަތްތައް ލިބުން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ އިހްސާނު ވިދާޅުވީ މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން ޚިދުމަތްތައް ޑިޖިޓަލައިޒްކުރެވި ގެންގޮސް ޚިދުމަތްތަކަށް ފަސޭހަކަމާއެކު ރައްޔިތުންނަށް އެކްސަސް ކުރެވިގެން ދާނެ ވަން ސްޓޮޕް ތަނަކަށްވެސް އެ އޮފީސް ވެގެންދާނެ ކަމަށެވެ.
އެގޮތުން އެ އޮފީހުން ފޯރުކޮށްދޭނެ ޙިދުމަތްތަކުގެ ތެރޭގައި ކުށުގެ ރިކޯޑް ސާފުކޮށް ދިނުމާއި، އަދި ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އަންނައުނު ބަލައިގަތުމުގެ ޢުޞޫލާ އެއްގޮތަށް އާދީއްތަ އަދި އަންގާރަ ދުވަހު ޢާއިލާތަކުން ގެންދާ އަންނައުނު ބަލައިގަތުމުގެ ކަންކަންވެސް ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.