ކާބޯތަކެތި އިންޕޯޓުކުރާ ފަރާތްތަކަށް އިތުރަށް ޑޮލަރު ދޫކުރަން ފަށައިފި

ކާބޯތަކެތި އިންޕޯޓުކުރާ ފަރާތްތަކަށް އިތުރަށް ޑޮލަރު ދޫކުރަން ފަށައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައިވަނީ ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް ބޭންކުތަކުން އާންމު އުސޫލުން ޑޮލަރު ދޫކުރާވަރަށްވުރެ އިތުރަށް 32 އިންސައްތަ އިތުރަށް ދޫކުރުމަށް 17 ފެބުރުވަރީ 2026 އިން ފެށިގެން 3 ހަފުތާގެ މުއްދަތަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގޮތަށް ނިންމައި އެކަން ބޭންކުތަކަށް އާންގާފައިވަނީ ރަމަޟާން މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއްގެ ގޮތުންކަމަށް އެމްއެމްއޭއިން ބުނެފައި ވެއެވެ.

އެހެންކަމުން މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އަދި އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި، މުދާ އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެ، ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބުމަށާއި އަގު ހެޔޮކޮށް ވިއްކުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *