ސައުދީ ރަސްގެ ފާނުގެ އެހީގައި ކުރިއަށްގެންދާ ރޯދަވީއްލުން ޕްރޮގްރާމް އިފްތިތާހް ކޮށްފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން މި ރަމަޟާންމަހުގެ ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީލުން ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމް މިއަދު އިސްލާމީ މަރުކަޒްގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިއަދު ހަވީރު 17:30 ގައި އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރޯދަ ވީއްލުން ޕޮްރޮގްރާމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ އިސްލާމިކް މިނިސްޓްރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މި ރަސްމިއްޔާތު ފައްޓަވައިދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ވިދާޅުވީ ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން އިންތިޒާމުކުރައްވާ މި ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *