Ad

ފިރުމީނިއޯގެ ގޯލުން ބްރެޒިލް 1 ވަނަ އަށް!

ވޯލްޑް ކަޕް ކޮލިފައިންގައި ވެނެޒުއޭލާ ބަލިކޮށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުންމީދު ބްރެޒިލުން ބޮޑުކޮށްފިއެވެ.

ބްރެޒިލް މިހާތަނަށް ކޮލިފައިންގް ގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ މިވަގުތު އޮތީ ޕޮއިންޓް ތާވަލްގެ އެއްވަނައިގައެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ބްރެޒިލް މޮޅުވީ 0-1ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ބްރެޒިލުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ.

މެޗަށް ބްރެޒިލް ނުކުތީ އެޓީމުގެ ފުރަތަމަ 11 އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހުގައެވެ. އެގޮތުން ނޭމާ، ކަސަމީރޯ، ކުޓީނިއޯ އަދި 1 ނަމްބަރު ގޯލްކީޕަރު އެލިސަން ކުޅެފައެެއް ނުވެއެވެ. އެލިސަންގެ ބަދަލުގައި ބްރެެޒިލްގެ ގޯލް ރޭ ބެލެހެއްޓީ އެޑާސަން އަށެވެ.

މެޗުން މޮޅުވެ ކުޅުނު ތިން މެޗުން 9 ޕޮއިންޓާއި އެކު ބްރެޒިލް އެއްވަނައިގައި އޮތްއިރު ދެވަނައިގައި އާޖެންޓީނާ އޮތީ ތިން މެޗުން 7 ޕޮއިންޓު ހޯދައިގެންނެވެ. ތިންވަނައިގައި އުރުގުއޭ އޮތީ 6 ޕޮއިންޓާއެކުއެވެ. ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން އިކުއެޑޯ އޮތީ ހަތަރު ވަނައިގައެވެ. 5 ވަނައިގައި 5 ޕޮއިންޓާއެކު ޕެރެގުއޭ އޮތްއިރު 6 ވަނައިގައި އޮތީ 4 ޕޮއިންޓާއެކު ޗިލީއެވެ. ކޮލަމްބިއާއަށްވެސް 4 ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ7 ވަނައިގައެވެ.

ވޯލްޑްކަޕްގެ ސީދާ ޖާގަ ލިބެނީ ގްރޫޕްގެ ގަދ ަ4 ޓީމަށެވެ. 5 ވަނަ ޓީމް ޖެހޭނީ ޕްލޯއޮފް ކުޅޭށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *