Ad
ކޮވިޑުގެ ބަލި މީހަކަށް ފަރުވާކުރަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހަކަށް ފަރުވާކުރަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ

ރާއްޖެއިން މިއަދު 42 މީހުން ކޮވިޑަށް ޕޮޒިޓިވްވި : އެޗް.ޕީ.އޭ

މިއަދު ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެ، މުޅި ރާއްޖެއިން 42 މީހުން ޕޮޒިޓިވްވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 32 މީހުން ހިމެނޭ ކަމަށެވެ. އަދި ރަށްރަށުންވެސް 10 މީހުން ޕޮޒިޓިވްވެ، ޖުމްލަ އަދަދު  154 އަށް އަރާފައިވާ ކަމަށެވެ.

ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 28 ދިވެހިންގެ އިތުރުން 14 ބިދޭސީން ހިމެނެއެވެ.

މިހާރު މިބަލީގައި ފަރުވާކުރަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާކުރާ 49 މީހުންނާއެކު ޖުމްލަ 843 މީހުންނަށް ކަމަށްވެސް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ.  

މިއަދުވެސް މިބަލީގައި އިތުރު ދިވެއްސަކު މަރުވެފައިވާއިރު، މިބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 42 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 11،262 މީހުންވަނީ ބަލިން ރަގަޅުވެފައިވާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *