މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ކުރީގެ އަގުގައި ދެމެހެއްްޓުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ އެސްޓީއޯއިން ވިއްކާ ތެލުގެ އިގު ބޮޑުކޮށްފައިވީ ނަމަވެސް ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ފަހި ހަކަތަ" ޕްރޮގްރާމުގެ ދަށުން އެސްޓީއޯއިން އެ ކުންފުންޏަށް ސަބްސިޑީ ދީފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމަށް މިހާރު ނިންމާފައިވާތީ މިފްކޯ އިން ވެސް މަސް ގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ވިއްކާ ޑީސަލުގެ އަގަށް އިއްޔެ ގެނައި ބަދަލު އަލުން މުރާޖައާކޮށް ކުރިންވެސް ވިއްކަމުން އައި އަގުތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިފްކޯއިން ބުނީ މާޗު 5 ގައި އިއުލާނުކުރި ގޮތަށް، މަސްކިރާ އުޅަނދުފަހަރަށް 16.54ރ. އަށް ޑީސަލް ލީޓަރެއް އަދި 3 ޓަނަށްވުރެ އިތުރަށް ކިރާ ނަމަ، 16.04ރ. އަށް ޑީސަލް ލީޓަރެއް ލިބޭނެ މިހާރު ލިބޭނެ ކަމަށެވެ.
އަދި ކުރިއެކޭ ވެސް އެއްގޮތަށް، މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ޑީޗަލް ލީޓަރެއް ވިއްކަމުންދާނީ 17.54 ރުފިޔާއަށް ކަމަށްވެސް މިފްކޯއިން ބުނެއެވެ.