2 އިންތިހާބު އެއްދުވަހެއްގައި ބާއްވަން އަދާލަތު ޕާޓީންވެސް ތާޢީދު ކޮށްފި

ޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގެ ބޭއްވަން ތާއީދު ކުރުމަށް ޢަދާލަތު ޕާޓީން ނިންމައިފި އެވެ.

އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން މިރޭ ނިންމި ނިންމުމުގައި ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމާމެދު، 4 އެޕްރީލް 2026 ގައި ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، “ފެންނަކަމަށް” ވޯޓު ދެއްވުމަށް ތާއީދުކުރުމަށެވެ.

މީގެ ކުރިން ޖުމްހޫރި ޕާޓީ އާއި އެމްޑީއޭ އިންވެސް ވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށާއި އެކަމަށްޓަކައި ގާނޫނު އަސާސީއަށް ގެންނައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރުމުގެ އިސްލާހަށް ތާއިދުކުރުމަށް ނިންމާފައެވެ.

އެހެންކަމުން އެމްޑީޕީއާއި ރައީސް ޔާމީން އިސްވެ ހުންނެވި ޕީއެންއެފް ޕާޓީ ފިޔަވައި ހުރިހާ ޕާޓީއަކުންވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބާއްވަން ވަނީ ތާއީދު ކޮސްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *