Ad
ދަރުމަވަންތަ ހޮސްޕިޓަލް: ފޮޓޯ/ޕީއެސްއެމްނިއުސް
ދަރުމަވަންތަ ހޮސްޕިޓަލް: ފޮޓޯ/ޕީއެސްއެމްނިއުސް

ބޮޑު ލޯނެއް ނެގުމަށް ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަނީ!

ދައުލަތަށް ބޭނުންވާ 4.63 ބިލިއަން ރުފިޔާ (300 މިލިއަން ޑޮލަރު) ހޯދަން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ދައުލަތަށް ބޭނުންވާ ފައިސާ ބައިނަލް އަގްވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރަށް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޯ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައިސީޑީ)އާއެކު ކުރަމުންދާ ކަމަށެވެ.

އަދި އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސްކޫކް ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕަރފޮސް ވެސަލް (އެސްޕީވީ)އެއް ހެއްދުމަށް ސްކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް މި އެސްޕީވީ އަށް ޓްރާންފަރ ކުރަން ޖެހޭ ކަމަށް އެ ސިޓީގައި ވެއެވެ.

"މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ވަނީ ނިންމާފައެވެ". ފިނޭންސް މިނިސްޓަރުގެ ސިޓީގައި ވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ، ޝަރީއާ އޮނިގަނޑުގެ ތެރެއިން މި ސްކޫކު، އިޝޫ ކުރުމަށް ބޭނުން ކުރަން ޖެހޭ އެެސެޓަކީ ފިނޭންސް މިނިސްޓްރީ ކުރެވިފައިވާ އެސެޓަކަށް ވާން ޖެހޭ ކަމަށެވެ.

ނަމަވެސް މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލް ރެޖިސްޓްރީ ކުރެވިފައިވަނީ ހެލްތް މިނިސްޓްރީގެ ދަށުގައި ކަމަށާއި، އެހެންކަމުން މި ސްކޫކު އިޝޫ ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލް އެ މިނިސްޓްރީގެ ނަންމައްޗަށް ރަޖިސްޓްރީ ބަދަލުކޮށްދެއްވުމަށް މާލެ ސިޓީ ކައުންސިލަށް ދަންނަވައިދެއްވުމަށް އެދޭ ކަމަށް އެ ސިޓީގައި ވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *