ކާރިސާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ، 4.3 މިލިއަން ޑޮލަރުގެ ސާމާނު ޖަޕާނުން ހަދިޔާ ކޮށްފި

ކާރިސާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ، 4.3 މިލިއަން ޑޮލަރުގެ ސާމާނު ޖަޕާނުން ހަދިޔާ ކޮށްފި އެވެ.

ޖަޕާނުގެ ފަރާތުން މި ތަކެތި ރާއްޖެއާ ހަވާލުކޮށް ދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރޫމީކޯ އެވެ. އަދި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެންޑީއެމްއޭ) ގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެ ލެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން އެވެ.

މި ތަކެއްޗަކީ ޖަޕާން ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އީއެސްޑީޕީ) ޕްރޮޖެކްޓްގެ ދަށުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެއްޗެވެ. އެގޮތުން މިއަދު ހަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އަލިފާން ނިއްވާ 40 ޕަންޕާއި 40 ފެންހިންދާ ޕަންޕް އެއާ ގުޅޭ އާލާތްތައް ހަދިޔާކޮށްފައިވާ އަދި މި އެހީގެ ދަށުން އިތުރު ތަކެތިވެސް ރާއްޖެއާ ހަވާލުކުރާނެ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *