Ad
ބީ.އެމް.އެލްއިން ވެހިކަލް ލޯނުގެ އިންޓްރެސްޓް ރޭޓަށް ބަދަލު ގެނައުން. ފޮޓޯ:ބީ.އެމް.އެލް
ބީ.އެމް.އެލްއިން ވެހިކަލް ލޯނުގެ އިންޓްރެސްޓް ރޭޓަށް ބަދަލު ގެނައުން. ފޮޓޯ:ބީ.އެމް.އެލް

ބީއެމްއެލްއިން ވެހިކަލް ލޯނުގެ އިންޓްރެސްޓް ރޭޓް ދަށްކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ވެހިކަލް ލޯނު އަދި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓާއި ޕްރޮފިޓް ރޭޓް ދަށްކޮށްފިއެވެ.

ބީ.އެމް.އެލްއިން ބުނީ،  މިއަދުން ފެށިގެން ދަށްކުރި އިންޓްރެސްޓާއެކު ކަސްޓަމަރުންނަށް 500،000 ރުފިޔާއާ ހަމަޔަށް %15 އިންޓްރެސްޓް ރޭޓުގައި ލޯނު ލިބޭނެ ކަމަށެވެ.

އަދި އިންޓްރެސްޓް ދަށްވުމާއެކު އުޅަނދު ގަންނައިރު، މަހަކަށް ދައްކަންޖެހޭ އަދަދުވެގެންދާނީ އެންމެ ކުޑަ އަދަދުގެ ގޮތުގައި ކަމަށާއި، މި ލޯނު އެއްވެސް އިތުރު ރަހުނަކާ ނުލާ ދޫކުރާއިރު ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

މީގެއިތުރުން ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުން ކުރުމަށް ބާރުއެޅުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއްނަމަ ވެހިކަލް ލޯނާއި، ފައިނޭންސިންގެ ރޭޓް މިހާރު %12 އަށް އިތުރަށް ދަށްކޮށްފައިވާ ކަމަށްވެސް އެބޭންކުން ބުނެއެވެ.

މިގެނައި ބަދަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސް.އެމް.އީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ، މުޅި މާކެޓްގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގު ހެޔޮ އަދި ފަސޭހަ ގޮތްތަކެއް ލިބިގެންދާނީ ބީއެމްއެލްއިން ކަމަށެވެ.

" މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ އިންޓްރެސްޓް ރޭޓް މިވަނީ %12 އަށް އިތުރަށް ދަށްކުރެވިފަ. މީގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުން އިތުރުވުމަށް ބާރުއެޅިގެންދާނެ." މޫސާ ނިމާލް ވިދާޅުވިއެވެ.

ބީ.އެމް.އެލްއިން ބުނީ، ވެހިކަލް ލޯނާއި ފައިނޭންސިންގއަށް މިއަދު ގެނައި މިބަދަލުތަކާއެކު ސައިކަލާއި، ކާރު އަދި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ޖެޓް ސްކީ، އިންޖީނުލީ ޑިންގީ ފަދަ އިންޖީނު އަޅާފައިވާ އުޅަނދުވެސް ގަނެވޭނެ ކަމަަށެވެ.

ބީއެމްއެލް ވެހިކަލް ލޯނު ކުރިން ދޫކުރީ، ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް މެދުވެރިކޮށް އުޅަނދު ގަތުމަށެވެ. ނަމަވެސް މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށްވެސް އުޅަނދު ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް ބީ.އެމް.އެލްއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *