ލޯންޗު ފަޅައިގެންދިޔަ ހާދިސާގައި ކަނޑުވި ވަތަނީ ހިދުމަތުގެ ހުރިހާ ދަރިވަރުން މާލެ ގެނެސްޕައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެންއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓްގައި ބުނީ ފަޅައިގެންގޮސް ދިޔަވި ލޯންޗުން ދަތުރުކުރި ހުރިހާ ދަރިވަރުން މިހާރު ވަނީ ސަލާމަތްތެރި ކަމާއެކު މާލެ ގެނެވިފައި ކަމަށެވެ. އޭގެ ކުރިން އެކްސްގައި ކުރި ޕޯސްޓްގައި އެމްއެންޑީއެފް އިން ބުނީ
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗް، ހުޅުމާލެއާ ހިސާބުން ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދާތީ، އެލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފައި ކަމަށާއި، އަދި އެ ކުދިން ލޯންޗުތަކަށް ނެގުމަށްފަހު މާލެއަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުން ކަމަށެވެ.
މި ލޯންޗުގައި މޯލްޑިވްސް ނެޝަނަލް ދިފެންސް ފޯސް (އެމްއެންޑީއެފް) ގެ ނޭޝަނަލް ސާވިސް ނުވަތަ ވަތަނީ ހިދުމަތުގެ އިނީޝަލް ޓްރެއިނިން ކޯސް-2 ފުރިހަމަކުރި ގާތްގަނޑަކަށް 60 ކުދިން ތިބިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުން ބުނީ މި ލޯންޗް ފަޅައިގެންދިޔަ ހާދިސާ ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު އިރުއޮއްސި 18:04 ހާއިރު ކަމަށެވެ.