Ad
މިއަހަރު ރެހެންދި އެވޯޑް ލިބޭ ފަރާތްތައް
މިއަހަރު ރެހެންދި އެވޯޑް ލިބޭ ފަރާތްތައް

ރެހެންދި އެވޯޑު ލިބޭ ފަރާތްތައް އިއުލާން ކޮށްފި

މިއަހަރު ރެހެންދި އެވޯޑު ލިބޭ ފަރާތްތައް އިއުލާން ކޮށްފިއެވެ.

ރެހެންދި އެވޯޑަށް މީހުން ހޮވާފައިވަނީ އެކަމަށްޓަކައި ޖެންޑަރ މިނިސްޓްރީން އެކުލަވާލާފައިވާ ރެހެންދި އެވޯޑު ކޮމިޓީންނެވެ. މިއަހަރު އެވޯޑަށް ހޮވިފައިވަނީ ޖުމްލަ 2 ދާއިރާއަކުން 7 ކަނބަލަކަށެވެ. އެއީ

  • ފާތިމަތު އިބްރާހިމް ކާނިމާގެ، ޅ.ހިންނަވަރު – އިޖުތިމާޢީ ދާއިރާ
  • އަލްއުސްތާޛާ މަރްޔަމް ޝުނާނާ ހ.ވެލަސްފަރުގެ – އިޖުތިމާޢީ ދާއިރާ
  • ޙައްވާ ލަތީފް ހުޅުމާލެ ފްލެޓް 10-3-01 – އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ
  • އާމިނަތު އަމީނާ ހަނދުވަރީގެ، ލ.ކުނަހަންދޫ – އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ
  • ޝިފްޒާ މުޞްޠަފާ އާސާނު، ޏ.ފުވައްމުލައް – އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ
  • ޢާއިޝަތު ޙުސައިން މަނިކު ހ.ރީނދޫކޮކާގެ – އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ
  • މިންހާ ފާއިޒު ރަޝާދު ހުޅުމާލެ ފްލެޓް 99-1-02 – އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ

ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކޮންމެ އަހަރަކު ދެމުން ގެންދާ ޚާއްޞަ އެވޯޑެކެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއާއި، ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުމާއި، އެ ކަނބަލުން ކުރާ އަގުހުރި މަސައްކަތްތަކާއި، އަންހެނުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމާއި، ޤައުމީ ޚިދުމަތުގައި އަދި އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި، އާ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމާއި، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތް ކުރާ ވަކި ފަރުދުންނާއި އަދި މުއައްސަސާތަކުގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރުންވެސް މި އެވޯޑު ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮންމެ އަހަރަކު މި އެވޯޑު ހަވާލުކުރަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ރަސްމީ ޖަލްސާގައެވެ. ނަމަވެސް، ކޯވިޑް–19އާ ގުޅިގެން ދިމާވެފައިވާ ޙާލަތުގެ ސަބަބުން މި އަހަރުގެ އެވޯޑް ދިނުމުގެ ޙަފްލާ ވަނީ ފަސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *