ރޭ ކުރި ވިއްސާރައިގައި އައި ގަދަ ވަޔާއެކު އައްޑޫ ސިޓީ ހިތަދޫ 2 ގެއެއްގެ ފުރާޅު އެއްލާލައުފި އެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ، ރޭ ކުރި ވިއްސާރަގައި އައި ގަދަ ވަޔާއެކު އައްޑޫ ސިޓީ ހިތަދޫ ހުޅުދުއާގެ އާއި އޯކަމްލިވާ ގޭގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ.
https://x.com/i/status/2060943980456812930
އަދި އެ ހާދިސާއި ގުޅިގެން އެ ސަރަހައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ބުނެފައި ވެއެވެ.