ހިމަބިހީގެ އިތުރު ކޭސްތަކެއް މާލެ ސަރަހައްދުން ފެނިއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުން މިދިޔަ ހަފްތާގައި ހިމަބިހީގެ އިތުރު 5 ކޭސް ފެނުމާ ގުޅިގެން ހިމަބިއްސަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު މިހާރު 20 އަށް އަރާފައިވާ ކަމަށެވެ.
އެ ބަލި ރާއްޖެއިން ފެނުމާ ގުޅިގެން ބަލިޖެހުނު މީހުންނާ ދިމާވި މީހުން ދެނެގަނެ ހާލަތު ވަރަށް ގާތުން މޮނީޓަރކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެއއެވެ.
މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު ބަލީގެ ކޭސްއެއް ފެނުނު ފަހުން މިހާތަނަށް 20 މީހަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 5 މީހުންނަކީ މިދިޔަ ހަފުތާގެ ތެރޭގައި ބަލި ޖެހުނު މީހުންނެވެ. މިހާތަނަށް ޕޮޒިޓިވްވި އެންމެން ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ.