ވަގަށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ
ކަސްޓަމްސް އިން ބުނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު މި މަހުގެ 17 ވަނަ ދުވަހު އަތުލައިގެންފައިވާ ކަމަށާއި، އެތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، ހިންގި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މާލޭ ކޮމާޝަލް ހާބަރުގައި ހިންގި މި އޮޕަރޭޝަންގައި “ޖެނެރަލް ކާގޯ” ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކުރިއިރު އެ ޝިޕްމަންޓުގެ ތެރެއިން ޖުމްލަ 5،600 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެވިފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.