މަސްތުގެ ހާލުގައިތިބެ އަޑުގަދަކޮށް ހަމަނުޖެހުންހިންގި ބަޔަކު ހުޅުމާލެއިން ހައްޔަރުކޮށްފި

މަސްތުގެ ހާލުގައި ތިބެ އަޑުގަދަކޮސް ހަމަނުހުންހިންގި ބަޔަކު ހުޅުމާލެ ފޭސް 1 އިން މިއަދުގެ ހެނދުނު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގެ ގެއެއްގެ ތެރޭގައި ބަޔަކު އަޑުގަދަކޮށް ހަމަނުޖެހުން ހިންގާ ކަމުގެ ރިޕޯޓެއް މިއަދުގެ ހެނދުނު 6:05 ގައި ލިބިގެން އެތަނަށް ދިޔައިރު މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވޭ ހަތަރު ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ފުލުހުން އެތަނަށް ދިޔައިރު ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއްވެސް އެތަނުން ފެނިފައިވާ ކަމަށާއި، މަސްތުގެ ހާލުގައި ތިއްބައި އެތަނުން ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރާއި 29 އަހަރުގެ 2 އަންހެނުންނާއި އުމުރުން 34 އަހަރާއި، 24 އަހަރުގެ 2 ފިރިހެން ކަމަށްވެސް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *