ކުދި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމުގެ ސަބަބުން ރަށް ކުރިއެރުމުގެ އިތުރުން ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ މުޖުތަމައުތަކަށް ދިރުން ލިބޭކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޒިއާއު މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަހާއި ގުޅިގެން ބީސީސީގެ އެމްޑީ ޒިއާއު އެކްސް ގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރަށްރަށުގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
އެގޮތުން ކުދި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމުގެ ސަބަބުން ރަށް ކުރިއެރުމުގެ އިތުރުން ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ މުޖުތަމައުތަކަށް ދިރުން ލިބޭކަމަށް ޒިއާއު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ޒިއާއު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީ ގުޅިފައި ވަނީ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކަމަށާއި، ކުދި ވިޔަފާރިތަކަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި މޫ މަކަށާއި، އޭގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއި، އައު އީޖާދުތައް އުފެއްދުމަށް މަގުފަހި ކުރުމާއި، ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީއެއް ޤާއިމްކުރުމުގައިކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެދީ ބާރުވެރި ކުރުވައި އިތުރު ފުރުޞަޠުތައް ފަހިކޮށް ދިނުމަށް ބީސީސީން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ޒިއާުއު ވަނީ ދެއްވާފައެވެ.