ވިލިމާލޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޙިދުމަތް ދެމުން އަންނަ މާލެ ޓެކްސީ ލައިނުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 ދަތުރުކުރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ މެނޭޖަރު މުހައްމަދު ނަޝްމީ ވިދާޅުވީ ވިލިމާލޭގައި އެ ކުންފުނިން ދެމުންއަންނަ މާލެ ޓެކްސީ ލައިންގެ ޙިދުމަތްށްވެސް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށާއި އެގޮތުން އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 100 ވަރަކަށް ދަތުރު މިހާރުވެސް ވިލާލޭގައި ކުރަމުން އަންނަ ކަމަށެވެ.
ނަޝްމީ ވިދާޅުވީ ވިލިމާލޭގައި އެ ހިދުމަތް މިވަގުތު ފޯރުކޮށްދެމުންދަނީ 4 ކާރާއެކުގައިކަމަށާއި، ނަމަވެސް ވިލިމާލޭގައި އެ ޙިދުމަތް 24 ގަޑިއިރު ފޯރުކޮށްދެމުން ދާކަމަށެވެ.
މާލެ ސަރަހައްދުގައި މާލެ ޓެކްސީގެ ޙިދުމަތް ފެށީ މި އަހަރުގެ ފެބުރުއަރީ މަހުއެވެ. އަދި ވިލިމާލޭގައިި މި ހިދުމަތް ފެށީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.