ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ގާއިމްކުރަން، އަންނަ މަހު ބަޔަކާ ހަވާލުކުރާނެ: ޓްރާންސްޕޯޓް މިނިސްޓަރު

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ގާއިމްކުރުމަށް އަންނަ އޯގަސްޓް މަހު ބަޔަކާ ހަވާލުކުރާނެކަމަށް ޓުރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްއށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ އަމީން ވިދާޅުވީ ރޭގަނޑުވެސް ފަތުރުވެރިން އުފުލޭނެ ނިޒާމެއް ގާއިމްކުރުން ވަރަށް މުހިންމު ކަމަށާއި، އެއެހެންކަމުން އެމަޖެންސީ މެޑިކަލް ސަރވިސަސްއާއެކު ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ފެށުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިތުރަށް މިނިސްޓަރ އަމީން ވިދާޅުވީ ސަރުކާރުން މީގެ ކުރިން ވަނީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ޙިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ކަމަށާއި، އެގޮތުން ޝައުގުވެރިކަން ފާލުކުރި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސްލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އަދި މިހާރު ކުރަމުންދަނީ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކަމަށާއި، އަދި އަންނަ އޯގަސްޓް މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ރާއްޖޭގެ ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން އެ ބަޔަކަށް އެއަރ އޮޕަރޭޓާ ސެޓްފިކެޓް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އެ ޙިދުމަތް ރާއްޖޭގައި ގާއިމްކުރާ ފަރާތަކުން ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އަގަކާ ނުލައި 10 ގަޑިއިރުގެ މެޑިކަލް އެމަރޖެންސީ ދަތުރުތައް ކޮށްދޭންޖެހޭނެ ކަމަށް މިކަމަށްޓަކައި ހާއްސަކޮށް ނެރެފައިވާ އުސޫލުގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *