ބަނގުލަދޭޝް ސަރުކާރުން ރާއްޖެއަށް އަނބު ހަދިޔާކޮށްފި

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް އަނބު ހަދިޔާކޮށްފި އެވެ.

ބަނގުލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި އަނބު ރާއްޖެއާ ޙަވާލުކުރުމަށްޓަކައި އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެގައުމުން ހަދިޔާކުރި އަނބު ރާއްޖެއާ ހަވާލުކޮށްދެއްވީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމެވެ.

ރާއްޖޭގެ ފަރާތުން އަނބާ ހަވާލުވެލެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޗީފް އޮފް ޕްރޮޓޮކޯލް ބަދޫރާ ސައީދެވެ.

ބަންގްލަދޭޝްއިން އަނބު ހަދިޔާކޮށްފައިވަނީ، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުރް ރަޙްމާން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅުވައިގެންނެވެ.

ބަންގުލަދޭޝްގެ އެމްބަސީން ބުނީ އެ ގައުމުގެ އެންމެ މަތީ ފެންވަރުގެ އަނބު ރާއްޖެއަށް ހަދިޔާކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *